އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތި ލައްވައިފި 

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތި ލައްވައިފި 

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ކަމުުގެ އިންތިހާބަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މި އިންތިހާބަށް ކުރިމަތިލެއްވި ފަރާތްތަކުގެ ފޯމުތައް، ފޯމުތައް އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީން ބެލުމަށް ފަހު ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި އެ ތިން ކެންޑިޑޭޓުންގެ ކެނޑިޑޭޓް ނަންބަރާއި އެ ބޭފުޅުންގެ މައުލޫމާތު މިއަދު ވަނީ އާއްމުކޮށފައެވެ.

ޗެއާޕާސަން އިންތިހާބަށް ކުރިމަތިލެއްވި ބޭފުޅުން:  ކެންޑިޑޭޓް ނަމްބަރު 1 – މުހައްމަދު ނަޝީދު ، ގ. ކެނެރީގެ ކ. މާލެކެންޑިޑޭޓް ނަމްބަރު 2 – އިބްރާހިމް މުހައްމަދު، (ވާޑު) ހުދުވިލާގެ ލ. ފޮނަދޫކެންޑިޑޭޓް ނަމްބަރު 3 – މީކާއިލް އަހުމަދު ނަސީމް، ގ. ބަރޯސާ، ކ. މާލެ މި އިންތިހާބަށް އިއުލާނުކުރި އިރު ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރުން އަލްހާން ފަހުމީ ވެސް ވަނީ ކުރިމަތިލައްވާނެ ކަމަށް ވިއެވެ. ނަމަވެސް އޭނާ ފަހުން ވަނީ ވާދަ ނުކުރައްވަން ނިންމަވައި މި އިންތިހާބުގައި މީކާއީލްއަށް ތާއީދު ކުރައްވަން ނިންމަވައިފައެވެ.

ތިން ބެފުޅުން އިންތިހާބަށް ކުރިމަތި ލައްވާފައިވީނމަވެސް، ވާދަވެރި ކެމްޕެއިނެއް ފެނިގެންދަނީ، ރައީސް ނަޝީދާއި މީކާއިލްއާ ދެމެދުގައެވެ. އެމްޑީޕީ ތެރޭ އުފެދިފައިވާ ދެ ފެކްޝަންގެ މި ދެ ކެންޑިޑޭޓުންނާއި އެބޭފުޅުންގެ ސަޕޯޓަރުންގެ މެދުގައި ބަހުގެ ހަމަލާތައް ވެސް ދަނީ ބަދަލުކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *