ހުޅުމާލޭގެ އިމާރާތަކަށް ހޮނުއަޅައި ބޮޑު ސަރަހައްދެއް ގުގުމާލައިފި؛ އިމާރާތުގެ ބައިތަކެއް ވެއްޓި ބޮޑެތި ގެއްލުންތަކެއް!

ހުޅުމާލޭގެ އިމާރާތަކަށް ހޮނުއަޅައި ބޮޑު ސަރަހައްދެއް ގުގުމާލައިފި؛ އިމާރާތުގެ ބައިތަކެއް ވެއްޓި ބޮޑެތި ގެއްލުންތަކެއް!

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ އިމާރާތަކަށް ހޮނުއަޅައި، އެ އިމާރާތުގެ ކޮންކްރީޓް ބައިތަކެއް ބުރައިގެން ގޮސް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މިރޭ މާލެއާއި ހުޅުމާލެ ހިމެނޭ ސަރަހައްދަށް މޫސުން ގޯސްވެ، ބާރަށް ގުގުރައި ވިދަމުންދާއިރު، ހޮނު އެޅުމުގެ ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ސަހަރާ ކައިރީގައި ހުރި އިމާރާތަކަށެވެ. މި ހާދިސާއާ ގުޅިގެން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ވެސް ވަނީ މެދުކެނޑިފައެވެ.

އެ ސަރަހައްދުގައި ހުރި މީހަކު މައުލޫމާތު ދިން ގޮތުގައި، ބާރު އަޑަކާއެކު އިމާރާތަށް ހޮނު އެޅުމުން، އިމާރާތުގެ ބައެއް ބައިތައް މުގުރައިގެން ގޮސް ކޮންކްރީޓް އެތިކޮޅުތައް ވަނީ މުޅި ސަރަހައްދަށް ބުރައިގެން ގޮސްފައެވެ. ނަމަވެސް، ނަސީބަކުން މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާ ހިނގި ވަގުތު ހުޅުމާލެއަށް ހޮނުއަޅާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ އާންމުވަމުންނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ މިރޭ މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ މިރޭ މެންދަމު 00:00 އިން ފެށިގެން ފަތިހު 05:00 އާ ހަމައަށެވެ. އެ އިދާރާއިން ވަނީ މި ވަގުތުތަކުގައި ބާރަށް ގުގުރައި ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް، އާންމުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *