ޓްރަމްޕާ ވައްތަރު މީހެއް، އެކަމަކު މިއީ ޓްރަމްޕްގެ ކޮއްކޮއެއްނޫން، ސްޕެއިންގެ ދަނޑުވެރިޔާ ޑޮލޯރެސް

ޓްރަމްޕާ ވައްތަރު މީހެއް، އެކަމަކު މިއީ ޓްރަމްޕްގެ ކޮއްކޮއެއްނޫން، ސްޕެއިންގެ ދަނޑުވެރިޔާ ޑޮލޯރެސް

ސްޕެއިންގެ ދަނޑުވެރިއެއް ކަމަށްވާ ޑޮލޯރެސް ލެއިސް އެންޓެލޯ އަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ހުރި ވައްތަރު ކަމުން މުޅި ދުނިޔެއަށް މަޝްހޫރުވި އަންހެނެކެވެ.

ސްޕެއިންގެ "ޓްރަމްޕް"ޑޮލޯރެސް ދިރިއުޅެނީ ސްޕެއިންގެ ގަލީސިއާގެ ކުޑަ އަވަށެއްގައެވެ. އޭނާގެ ފޮޓޯއެއް 2018 ވަނަ އަހަރު ސޯޝަލް މީޑިއާގައި އާންމުވުމާއެކު، ގިނަ ބަޔަކު އޭނާ ސިފަކުރީ ޓްރަމްޕްގެ "އެއްމާބަނޑު ކޮއްކޮ" އެއްގެ ގޮތުގައެވެ.
އޭނާގެ އިސްތަށިގަނޑުގެ ކުލަޔާއި، މޫނުގެ ބައްޓަން ޓްރަމްޕާ ވަރަށް ވައްތަރެވެ.

އޭނާ މަޝްހޫރުވީ ދަނޑުވެރިކަމުގެ އާލަތެއް ހިފައިގެން ދަނޑުމަތީގައި ހުއްޓާ ނަގާފައިވާ ފޮޓޯއަކުންނެވެ. މުޅި ދުނިޔޭގެ ސަމާލުކަން ލިބުނު ނަމަވެސް، ޑޮލޯރެސްގެ ދިރިއުޅުމަކަށް ބަދަލެއް ނާދެއެވެ.

އޭނާއަކީ ސްމާޓްފޯނެއް ނުވަތަ ކޮމްޕިއުޓަރެއް ގެންގުޅޭ މީހެއް ނޫނެވެ. އޭނާ ބުނި ގޮތުގައި އޭނާއަށް އެމެރިކާގެ ސިޔާސީ ކަންކަމަށްވުރެ މުހިންމީ އޭނާގެ އަލުވި ދަނޑަށް ޖެހިފައިވާ ސޫފީގެ ބަލިމަޑުކަމުން ދަނޑު ސަލާމަތް ކުރުމެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި އޭނާ ޓްރަމްޕާ ވައްތަރުވެގެން އުޅެނީ ހަމައެކަނި އިސްތަށިގަނޑުގެ ކުލައިގެ ސަބަބުންނެވެ. މިއަދުވެސް އިންޓަނެޓްގައި މި ފޮޓޯއަކީ ވަރަށް މަޝްހޫރު "މީމް" އެކެވެ. ގިނަ ބަޔަކު އޭނާއަށް މުހާތަބު ކުރަނީ "ގަލީސިއާގެ ޓްރަމްޕް" ގެ ނަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *