ކާށިދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރު ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް މިއަދު ސޮއިކުރައްވައިފިއެވެ.
ޖާބިރު އެންމެ ފަހުން ހުންނެވީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގައެވެ. ނަމަވެސް ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ޖާބިރު ވަނީ ޕީއެންސީއަށް ކެމްޕޭން ކުރައްވައިފައެވެ. އެގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒާއެކު މާލޭގެ ދޮރުންދޮރަށް ހަރަކާތްތަކުގައި ވެސް ޖާބިރު ބައިވެރިވެވަޑައިގެންނެވިއެވެ.
އިންތިހާބު ނިމުމަށްފަހު ވެސް ޕީއެންސީގެ ޖަލްސާތަކުގައި ޖާބިރު ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ 2019 ވަނަ އަހަރުގެ އިންތިހާބުގައި ޖާބިރު އަމިއްލަގޮތުން ނުކުންނަވައި، ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ނަމަވެސް، ފަހުން ވަނީ ޑީއާރުޕީގެ ލީޑަރުކަމާ ހަވާލުވެވަޑައިގެންފައެވެ. އަދި އޭގެ ފަހުން ޖާބިރު ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.





