އެގާރަ އަހަރުގެ ކުށްޖަކާއެކު ޖިންސީ އަމަލެއް ހިންގި މީހަކު 16 އަހަރަށް ޖަލަށްލުމަށް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި 16 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ މ. މުނިޔާގެ / މާލެ، މުހައްމަދު އަނިލް (47އ) ގެ މައްޗަށެވެ.
މި މައްސަލައިގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން ދައުވާކުރީ، 11 އަހަރުގެ އަންހެން ކުއްޖަކާއެކު ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގައެވެ.





