ފުލުހުންގެ ވަޒިފާއިން ވަކިކުރި ޝިޔާމަށް ވަޒީފާދޭން ހުކުމް ކޮށްފިއެވެ.
މި މައްސަލައަކީ، މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންސްޕެކްޓާ އޮފް ޕޮލިސްގެ މަގާމުގައި ހުއްޓާ އަހުމަދު ޝިޔާމް، ވަޒީފާއިން ވަކިކުރި މައްސަލައެކެވެ.
ޝިޔާމް ވަޒީފާއިން ވަކިކުރީ ނޯތް ސެންޓަރަލް ޕޮލިސް ޑިވިޝަން ކޮމާންޑަރެއްގެ ގޮތުގައި ހުރެ މަގާމުގެ ނުފޫޒު ބޭނުންކޮށް، ގާނޫނާއި ގަވާއިދާ ހިލާފު އަމަލު ތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުކޮށް، މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑިސިޕްލިނަރީ ބޯޑަށް އެ މައްސަލަ ހުށަހެޅުމުނ،ް ވަޒީފާއިން ސަސްޕެންޑް ކުރުމަށްފަހުއެވެ.
އެ މައްސަލައާ ގުޅިގެން، އޭނާ ވަކިކޮށްފައިވަނީ، ވަޒީފާއިން ވަކިކުރުމުގައި އަމަލު ކުރަންޖެހޭ އިޖުރާއާތުތަކާއ،ި އުސޫލުތަކާއި އަދި ގަވާއިދުތަކާއި ހިލާފަށްކަމަށް ކަނޑައަޅައިދިނު މަށާއ،ި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާއަށް އަނބުރާ ނުކުތުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއ،ި އިނާޔަތްތަކުގެ ގޮތުގައި 2019 ގެ މެއި މަހުގެނިޔަލަށް ލިބެންޖެހޭ 1.4 މިލިޔަނަށްވުރެ ހޯދުމަށްއެދި ޝިޔާމްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
ސިވިލް ކޯޓުން މި މައްސަލަ ބަލައި 2019 ވަނަ އަހަރު ހުކުމްކުރީ، ފުލުހުންގެ ވަޒީފާއިން ޝިޔާމް ވަކިކޮށްފައި ވަނ،ީ ދިވެހި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓްގެ ހަ މާއްދާއަކާ ހިލާފު އަމަލުތަކެއް ކޮށްފައިވާ ކަމަށް އިދާރީ މިންގަނޑުން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ސާބިތުވެގެނ،ް ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބުދިނުމާބެހޭ ގަވާއިދުގެ ދަށުންކަން، ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެހެންކަމުން މި މައްސަލައިގައި ޝިޔާމް އެދިފައިވާ ގޮތަށ،ް މޯލްޑިވްސް ޕޮލިސް ސާވިސްގައި ޝިޔާމް އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ އިއާާދަ ކޮށްދިނުމަށާއ،ި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން މުސާރަ އާއި އިނާޔަތްތައް ދިނުމަށ،ް މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް އަންގައި އަމުރު ކުރާނެ ތަނެއް ނެތް ކަމަށެވެ.
މި ހުކުމާމެދު ހިތްހަމަ ނުޖެހިން ޝިޔާމުގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުޏާފު ކުރިއެވެ.
މި މައްސަލަ ބެލުމަށްފަހު މިއަދު ހައިކޯޓުން ހުކުމްކުރީ، ސިވިލް ކޯޓުން ކުރި ހުކުމް ބާތިލް ކަމަށެވެ. އަދި ފުލުހުންގެ ވަޒީފާއިން ޝިޔާމް ވަކިކުރުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި، ޝިޔާމަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި، ވަޒީފާއަށް އަނބުރާ ނިކުތުމާ ހަމައަށް އޭނާއަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށް އަންގާ ކަމަށްވެސް ވަނީ ހުކުމްކޮށްފައެވެ.





