ލޯކަލް ގަވަމެންޓް މިނިސްޓްރީ އުވާލައިފި

ލޯކަލް ގަވަމެންޓް މިނިސްޓްރީ އުވާލައިފި

ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އިިއްޔެ އުވާލައިފިއެވެ.

އެ މިނިސްޓްރީ އުވާލާފައިވަނީ، ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާކުރުމަށް ގެނައި ބަދަލުގެ ދަށުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް އިއްޔެ ގެނައި ކުއްލި ބަދަލުގައި، އޭރު ކެބިނެޓްގައި ތިއްބެވި 20 މިނިސްޓަރުންގެ ތެރެއިން 10 މިނިސްޓަރުން އިސްތިއުފާ ދެއްވިއެވެ.

އޭގެ ތެރޭގައި ލޯކަލް ގަވަމަންޓް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވީ އާދަމް ޝަރީފް އުމަރު ހިމެނި ވަޑައިގަންނަވައެވެ.

ނަމަވެސް ރައީސް މުއިއްޒުގެ ކެބިނެޓް މިނިސްޓަރުންގެ އަދަދު 20 އިން 15 އަަށް މަދުކުރައްވައި މިިނިސްޓްރީތަކުގެ މަސައްކަތްތަކަށް ބަދަލު ގެންނަވައި އާ ހަތަރު ބޭފުޅުންނާއެކު 12 މިނިސްޓަރުން ކެބިނެޓަށް ރޭ ވަނީ އައްޔަން ކުރައްވައިފައެވެ. ނަަމވެސް ލޯކަލް ގަވަމެންޓް މިނިސްޓަރަކަށް ބޭފުޅަކު އައްޔަން ކުރައްވައިފައެއްނުވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާއްމުކޮށްފައިވާ ރައީސްގެ ކެބިނެތްގެ ޕޯތްފޯލއިއޯގައިވެސް އެ މަގާމެއް ނެތެވެ.

ބަދަލު ނުކުރައްވާ މިނިސްޓްރީ ތަކުގެ ތެރޭގައި ފިޝަރީޒް މިނިސްޓްރީ އާއި ޑިފެންސް މިނިސްތްރީގެ އިތުރު އެޓާނީ ޖެނެރަލްގެ މަގާމު ހިމެނެއެވެ. ނަމަވެސް ޑިފެންސް މިނިސްޓަރަކަށް އެއްވެސް ބޭފުޅކު އަދި އައްޔަން ކުރައްވާފައެއްނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *