ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަލީ ހައިދަރު އަހުމަދު ވެސް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ހައިދަރު މަގާމުން އިސްތިއުފާދެއްވީ މުއިއްޒު އެގޮތަށް އެކަން ކުރައްވަން އެންގެވުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން މިހާތަނަށް ހައިދަރު މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމަށް ހައިދަރު އައްޔަންކުރެއްވީ ޑިސެމްބަރު، 2024، ގަ އެވެ. މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ހައިދަރު އެންމެ ފުރަތަމަ އައްޔަންކުރެއްވީ ހައުސިން މިނިސްޓަރަކަށެވެ.
ހައިދަރުގެ އިތުރުން މިއަދު މިހާތަނަށް ޖުމްލަ ނުވަ މިނިސްޓަރުން މަގާމުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެ ހުރިހާ މިނިސްޓަރުން ކުއްލި ގޮތަކަށް އިސްތިއުފާދެއްވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.





