މިނިސްޓަރު ތޯރިގް އިސްތިއުފާ ދެއްވައިފި

މިނިސްޓަރު ތޯރިގް އިސްތިއުފާ ދެއްވައިފި

ޓޫރިޒަމް އެންޑް އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމްް ވެސް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅުގައި ތިމާވެއްޓާ ބެހޭ ވުޒާރާ ހަވާލު ކުރެއްވީ ތޯރިގާއެވެ. އޭރުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރަކަށް ހުންނެވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ދަރިކަލުން އިބްރާހިމް ފައިސަލްއެވެ.

އޭގެ ފަހުން ރައީސް ޑރ. މުއިއްޒު ވަނީ ފަތުރުވެރިކަމާ ބެހޭ ވަޒީރުގެ މަގާމުން ފައިސަލް ވަކި ކުރައްވައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާ އެއްކޮށްލައްވައި ވަޒީރަކަށް ތޯރިގް އައްޔަން ކުރައްވައިފައެވެ. ތޯރިގް އިސްތިއުފާ ދެއްވާފައި މިވަނީ ރައީސް އޮފީހުގައި މިއަދު ހެނދުނު ނޫސްވެރިންނާ ބައްދަލު ކުރެއްވި ފަހުންނެވެ.

ތޯރިގް އިސްތިއުފާ ދެއްވި ކަން ކަށަވަރުކޮށްދިން ކަން ފިޔަވައި އިތުރު ތަފްސީލެއް ރައީސް އޮފީހުން ވެސް ނުދެއެވެ.

މި ސަރުކާރުން މިހާރު ދަނީ ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިން ޑިރެެކްޓަރުންނާއި، ވުޒާރާތަކުގެ ވަޒީރުންގެ މަގާމުތަކަށް ބަދަލުތަކެއް ގެންނަމުންނެވެ.

އެ ބަދަލުތައް ގެންނަން ފެށީ މި މަހުގެ 4 ގައި އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ރާއްޖޭގެ ފަސް ސިޓީން ޕީއެންސީ އަދި ސަރުކާރަށް ލިބުނު ނާކާމިޔާބީ އަށް ފަހުގައެވެ. އަދި ބައެއް ބޭފުޅުން މަގާމުތަކުން ވަކި ކުރަން ފަށާފައި ވަނީ ސަރުކާރުން އަޅަން ފަށާފައިވާ އިސްލާހީ ބަދަލުތަކުގެ ތެރެއިންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *