ޑިފެންސް މިނިސްޓަރު ކަމުން ޣައްސާން އިސްތިއުފާ ދެއްވައިފި
ޑިފެންސް މިނިސްޓަރުކަމުން ގައްސާން މައުމޫން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ގައްސާން އިސްތިއުފާ ދެއްވާފައި މި ވަނީ، ނިމިދިޔަ އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު، ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިންގެ މަގާމުތަކަށް ގެންނަން ފަށާފައިވާ ބަދަލު ތަކުގެ ތެރެއިންނެވެ.
މީގެ ކުރިން ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އަދިވެސް ބައެއް އެހެން ވަޒީރުން މަގާމުން ވަކިކުރުމުގެ މަގުމަތީގައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.





