ފުރާނަ ސަލާމަތުން ހުރިއްޔާ 2028 އެމްޑީޕީއަށް ކާމިޔާބުވިޔަކަ ނުދޭނަން: ސަލީމް

ފުރާނަ ސަލާމަތުން ހުރިއްޔާ 2028 އެމްޑީޕީއަށް ކާމިޔާބުވިޔަކަ ނުދޭނަން: ސަލީމް

ދެހާސް އަށްވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައިވެސް ޕީއެންސީ އޮންނާނީ ވެރިކަމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު އުުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ހުށަހަޅުއްވާފައިވާ ބިމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބަހުސްގައި ވާހަކަ ދައްކަވަމުން ސަލީމް މިހެން ވިދާޅުވީ، ނިމިދިޔަ ކައުންސިލްތަކުގެ އިންތިހާބުތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބުގެ ވޯޓުގެ ނަތީއަށް ނިސްބަތް ކޮށެވެ.

ސަލީމް ވިދާޅުވީ އެ އިންތިހާބުތަކުގައި ވެރިކަންކުރާ ޕީއެންސީ ބަލިވެ، އިދިކޮޅު އެމްޑީޕީއަށް ކާމިޔާބު ލިބިފައިވާހަކަ އެ ޕާޓީގެ މެންބަރުން ދައްކާ ކަމަށެވެ.

އެ އިންތިހާބުގައި ޕީއެންސީ ބަލިނުވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

"އިންތިހާބަކުން ބައްޔެއްނުވޭ ތާރީހަށް ބަލާއިރުގައި އެއްވެސް އިރެއްގައި ޑިމޮކްރަސީ އުފެދުނުފަހުން މިހާތަަނަށް ރައްޖޭގައި ވެރިކަންކުރި އެއްވެސް ބަޔަކަށް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ލިބިފައެއްނެތް،"

ސަލީމް ވިދާޅުވީ، މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެކުގައި ބާއްވަން ފެނޭތޯ ނެގި ވޯޓުން މާބޮޑު ޖަތީޖާއެއް ލިބުނުކަމަށް ހީކޮށް، 2028 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ހުވަފެން އިދިކޮޅު އެމްޑީޕީން ދެކެމުން އަންނަ ކަމަށެވެ.

ހުވަފެނުގައި ދެން 2028 ލިބިފައޭ މި ކިޔަނީ، އެ ލިބިގެން ވަަރައް ފުއްޕައިގެން މިތިބެނީ، 2028 އެއް ނުލިބޭނެ އަޅުގަނޑުމެން މިހެން، ފުރާނަ ސަލާމަތުން ތިބިއްޔާ 2028 ގެންދާކަށެއް ނުކެރޭނެ، 2028 ގެންދާނީ ޕީއެންސީން،"

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply to Anonymous Cancel reply

Your email address will not be published. Required fields are marked *