އިންތިހާބުގެ ޝަކުވާގެ މައްސަލަތައް ހައިކޯޓަށް ހުށަހަޅަން 14 ދުވަސް

އިންތިހާބުގެ ޝަކުވާގެ މައްސަލަތައް ހައިކޯޓަށް ހުށަހަޅަން 14 ދުވަސް

މި މަހުގެ 4 ވީ، ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ އިންތިހާބުތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި، ރިޔާސީ އިންތިހާބު އެކުގައި ބާއްވަން ފެނޭތޯ ބެލުމަށް ނެގި ފެންނަ ނުފެންނަ ވޯޓާބެހޭ ގޮތުން، ހުށަހެޅި ޝަކުވާތަކަށް އިލެކްޝަންްސް ކޮމިޝަނުން ދޭ ޖަވާބާމެދު ހިތްހަމަ ނުޖެހެނަމަ ހައިކޯޓަށް މައްސަލަ ހުށަޅަން 14 ދުވަސް ލިބޭނެ ކަމަށް ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު މިއަދު ވިދާޅުވީ، އެ އިންތިހާބުތަކާބެހޭ ޝަކުވާތަކުގެ ގޮތުގައި ޖުމްލަ 170 ޝަކުވާއެއް ގައުމީ ކޮމްޕްލެއިންސް ބިއުރޯއަށް ލިބިފައިވާ ކަމަށެވެ.

ގާނޫނީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ ޝަކުވާތަަކށް ޖަވާބު ދިނުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށް ޒާހިދު ވިދާޅުވިއެވެ.

އަދި އިންތިހާބުރަކާގުޅިގެން ގައުމީ ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހެޅިފައިވާ ޝަކުވާތަކާގުޅިގެން ކޮމިޝަނުންދޭ ޖަވާބާމެދު ހިތްހަމަނުޖެހޭ ނަމަ މައްސަލަ ހައިކޯޓަށް ހުށަހެޅުމުގެ ހައްގު ކޮންމެ މީހަކަށް އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތަށް ހައިކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު މިއަދުންފެށިގެން 14 ދުވަހުގެ މުއްދަތުގެ އެފަދަ މައްސަލަތައް ކޯޓަށް ހުށަހެޅޭނެ ކަމަށްވެސް ޒާހިދު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *