ބެއިރޫތަށް ދިން ހަމަލާތަކުގައި 300 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، ހޮސްޕިޓަލްތައް ފުރިއްޖެ

ބެއިރޫތަށް ދިން ހަމަލާތަކުގައި 300 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، ހޮސްޕިޓަލްތައް ފުރިއްޖެ

އިސްރާއީލުން މިދިޔަ ބުދަ ދުވަހު ލުބުނާންގެ ވެރިރަށް ބެއިރޫތަށް ދިން ވަރުގަދަ ވަައިގެ ހަމަލާތަކާ ގުޅިގެން ޒަހަމްވެފައިވާ މީހުންނާއެކު، އެ ސިޓީގެ ހޮސްޕިޓަލްތައް ފުރިއްޖެއެވެ.

ބުދަ ދުވަހު އިސްރާއީލްގެ ހަނގުރާމަވެރި ބާރުތަކުން ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ދިން ވަރުގަދަ ހަމަލާތަކުގައި 300 އަށްވުރެ ގިނަ މިހުން ޝަހީދުވެ، 1،150 އަށްވުރެ ގިނަ ބޭފުޅުން ޒަހަމްވިކަން ވަނީ ކަށަވަރުވެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، އެންމެ 10 މިނެޓުގެ ތެރޭގައި ބެއިރޫތުގެ 100 އަށްވުރެ ގިނަ ސަރަހައްދަށް ބޮން އެޅިގެންދިޔަ މި ހަމަލާތައް ވަނީ ސިޓީ ހިލިހިލާ ގުޑުވާލައިފައެވެ. ގިނަ ބަޔަކު ވަނީ ތަފާތު އިމާރާތްތަކުގެ ދަށުގައި ތާށިވެ ގެއްލިފައި ކަމަށްވެސް ރިޕޯޓްތައް ފާހަގަ ކުރެއެވެ.

ހަމަލާތަކާ ގުޅިގެން، ބެއިރޫތުގެ ނަން މަޝްހޫރު އެމެރިކަން ޔުނިވާސިޓީ އޮފް ބެއިރޫތު (AUB) ހޮސްޕިޓަލް ހިމެނޭ ގޮތަށް ސިޓީގެ ހޮސްޕިޓަލްތައް ޒަހަމްވި މީހުންނާއެކު ވަނީ ފުރިފައެވެ. ހޮސްޕިޓަލަށް ދިޔަ ގިނަ ބޭފުޅުން ތިއްބެވީ ރުއިމާއި ބިރުވެތިކަމުގެ ތެރޭގައި ކަމަށް ލިބިފައިވާ ރިޕޯޓްތައް ހާމަ ކުރެއެވެ.

ސިޔާސީ ގޮތުން ބަލާ ކަމަށްވާ ނަމަ، ހަމަ ލުބުނާން ހިމެނޭ ކަމަށް ބެލެވުނު އެމެރިކާ–އީރާން ސުލްހައިގެ ވާހަކަތަކަށްފަހު ދެވުނު ވަރުގަދަ ހަމަލާތަކެއް ކަމަށް ވާތީ، ބައިނަލްއަގްވާމީ ދުނިޔެ ވަނީ ކަންބޮޑުވުން ފާހަގަ ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *