ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި ރޯވެ، އިތުރު ދެ ދޯނީގައިވެސް ދެންމެ އަލިފާން ރޯވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ 09:15 އެހައިކަންހާއިރު ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދަމުންދާ ކަމަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަލިފާންގަނޑު ނިއްވާލުމަށް އެސަރަހައްދުގައި ފުލުހުންނާއި ކަމާގުޅުން ހުރި އިދާރާތަކުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
ފީއަލީ ކައުންސިލުން ބުނީ އެރަށަށް ތެޔޮ އުފުލާ ބޯޓުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އެކަކު ފިހިގެން ފަރުވާއަށް އެރަށު މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ހާދިސާގައި ރަށު ބަދަރގައި އަޅާފައި އޮތް އާންމުގެ މަސްވެރިކަން ކުރާ 2 ދޯންޏެއްގައި ވެސް ރޯވެ އަދަމުންދާ ކަމަށާއި އަދި ފަރުމަސްވެރިކަން ކުރާ އެއް ދޯނީގައި ވެސް ރޯވެފައިވާ ކަމަށް ކައުންސިލުން ނުންޏެވެ.





