ސަލްމާ އަލުން މަގާމަށް އައްޔަންކޮށްފި، ނަމަވެސް މުންދުގެ އަލުން އައްޔަންނުކުރި

ސަލްމާ އަލުން މަގާމަށް އައްޔަންކޮށްފި، ނަމަވެސް މުންދުގެ އަލުން އައްޔަންނުކުރި

ރާއްޖެއިން އދ.އަށް ކަނޑައެޅުއްވި ދާއިމީ މަންދޫބުގެ މަގާމުން ވަކި ކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ މާފަަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދުގެ ކޮއްކޮ، ޑރ. ސަލްމާާ ރަޝީދު އަލުން އެ މަގާމަށް އިއާދަކޮށްފި އެވެ.

ޕީއެންސީ އަށް ވޯޓު ނުދިނުމަށް އެދިވަޑައިގެން، އަސްމާ ރަޝީދު މީހަކާ ވާހަކަ ދައްކަވާ ކަމަށްބުނާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކްކުވެފައިވަނިކޮށް، ސަލްމާގެ އިތުރުން އަސްމާގެ ދަރިކަލުން، ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސެއިން ޝަރީފު (މުންދު) މިދިޔަ ހޯމަ ދުވަހު މަގާމުން ވަކިކުރިއެވެ.

ނަމަވެސް، އެނގިފައިވާ ގޮތުގައި އަސްމާގެ އެއްބަނޑުއެއްބަފާ ދައްތަ، ސަލްމާގެ މަގާމު ވަނީ އިއްޔެ އަލުން އިޔާދަކޮށްފައެވެ. ނަމަވެސް، މިހާތަނަށް މުންދު އަލުން މަގާމެއް އައްޔަންއެއް ނުކުރެ އެވެ.

ސަލްމާ އާއި މުންދުގެ އިތުރުން އަސްމާގެ އެހެން ބޭފުޅެއް ކަމަށްވާ އައިމިނަތު ހުސައިން ޝަރީފް މިވަގުތު ހުންނެވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. ނަމަވެސް އޭނާ މަގާމުން ވަކިކޮށްފައެއްނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *