މަޖިލިސްގެ ލީގަލް އޮފިސަރުގެ މަގާމުން އާއިޝަތު ޝައްމާ ވަކިކުރި މައްސަލަ އަލުން ބަލަން އަންގައިފި

މަޖިލިސްގެ ލީގަލް އޮފިސަރުގެ މަގާމުން އާއިޝަތު ޝައްމާ ވަކިކުރި މައްސަލަ އަލުން ބަލަން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ލީގަލް އޮފިސަރުގެ މަގާމުން އާއިޝަތު ޝައްމާ ވަކިކުރި މައްސަލަ އަލުން ބަލަން ޓްރައިބިއުނަލަށް އަންގައިފިއެވެ.

މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ލީގަލް އޮފިސަރުގެ މަގާމުގައި ހަތަރެއް އޮކްޓޫބަރު 2022 އިން ފެށިގެން އާއިޝަތު ޝައްމާ  ވަޒީފާ އަދާކުރަމުން ދަނިކޮށް، ތިނެއް ޖަނަވަރީ 2023 ގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވާތީ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެވެ.

މި މައްސަލައިގައި ބުނެފައިވަނީ ޝައްމާ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބަކާ ނުލައި އަދި އިޖުރާއީ އަދުލުވެރިކަން ގާއިމްކުރުމަކާނުލައި ވަޒީފާއާބެހޭ ގާނޫނާއި ޕާލަމެންޓަރީ ސާވިސް މުވައްޒަފުންގެ ގަވާއިދާ ހިލާފަށް ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެމަޖިލީހުގެ އިދާރާގެ މައްޗަށް ރައްދުވާ ގޮތަށް ވަޒީފާއާބެހޭ ޓްރައި ބިއުނަލަށް ހުށަހެޅި މި މައްސަލައިގައި އޭނާ އެދިފައި ވަނީ އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ އިއާދަކޮށްދިނުމަށާއ،ި ބަދަލު ނަގައިދިނުމަށެވެ.

ޓްރައިބިއުނަލްގައި މި މައްސަލައަށް ރައްދުދެމުން މަޖިލިސް އިދާރާއިން އިޖުރާއީ ނުކުތާއެއްހުށަހެޅިއެވެ. އެ ނުކުތާގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނ،ީ ޕްރޮބޭޝަން މުއްދަތުގައި އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި މުވައްޒިފަކު ވަޒީފާއިން ވަކިކުރުމަކީ، ވަޒީފާދޭ ފަރާތަށް ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި މި ހައްގުގެ ނަތީޖާއަކީ މިބާވަތުގެ މައްސަލަ ބެލުމުގެ އިހްތިސާސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ނުލިބުންކަމަށްވާތ،ީ މިމައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލެވޭނެ މައްސަލައެއް ނޫންކަމަށްވެސް ބުންޏެވެ.

އެހެންކަމުން ޓްރައިބިއުނަލުންވެސް މި މައްސަލަ ނިންމާފައިވަނީ ޝައްްމާ ވަޒީފާއިން ވަކިކުރި މައްސަލަ ބެލުމުގެ އިހްތިސާސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެނެއްނުވާ ކަމަށެވެ.

ޝައްމާގެ ފަރާތުން މި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

މި މައްސަލަ ބެލުމަށްފަހު ހައިކޯޓުން ނިންމީ، މި މައްސަލަ ބެލެންނެތްކަަމަށް ޓްރައިބިއުނަލުން ނިންމި ނިންމުން ބާތިލް ކަމަށެވެ. އަދި މިއީ ބެލިދާނެ މައްސަލައެއްތޯ އަލުން ބަލައި މައްސަލައާމެދު ގޮތެއް ކަނޑައެޅުމަށް ޓްރައިބިއުނަލަށް މައްސަލަ އަލުން ފޮނުވައިލުމަށްވެސް ހައިކޯޓުން ހުކުމްކުރިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *