ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅާނީ ރައްޔިތުންނަށް ބުރަ ނުވާގޮތަށް: ޚަލީލް

ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅާނީ ރައްޔިތުންނަށް ބުރަ ނުވާގޮތަށް: ޚަލީލް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅާނީ ރައްޔިތުންނަށް ބުރަ ބޮޑު ނުވާނެ ގޮތަށް ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވީ، ހަރަދު ކުޑަކުރުމުގެ ސިޔާސަތު ބިނާވެގެންދާނީ ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރު ނުކުރާ ގޮތަށް ކަމަށެވެ. ހަރަދުތައް ލުއިކުރެވޭ ހިނދު ވެސް ރައްޔިތުންނަށް ތަކުލީފެއް ލިބިދިޔަ ނުދިނުން ސަރުކާރުގެ އެންމެ ބޮޑު އެއް ވިސްނުމުގެ ތެރޭގައި ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ހަރަދު ކުޑަކުުރެވިދާނެ ގިނަ ގޮތްތައް ހުރިކަން ފާހަގަ ކުރައްވަމުން، ދަތުރުތައް ކުޑަކުުރުން މިސާލެއްގެ ގޮތުގައި ހަލީލް ދެއްކެވިއެވެ. ފިނޭންސް މިނިސްޓްރީ އިން ކުރިން ވެސް ހާމަކޮށްފައިވާ ފަދައިން، ރާއްޖެއިން ބޭރަށް ކުރަންޖެހޭ ނުހަނު ލާޒިމު ދަތުރެއް ފިޔަވައި، ސަރުކާރުގެ ދަތުުރުތައް ވަގުތީ ގޮތުން ހިފަހައްޓާލެވިދާނެ ކަމަށް ވިދާޅުވިއެވެ. މިފަދަ ނިންމުންތަކުން ރައްޔިތުންނަށް ދަތިކަމެއް ނުލިބޭ ކަމަށް ވެސް ހަލީލް ވިދާޅުވިއެވެ.

މީގެ އިތުުރަށް، ހަލީލް ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައިގެ ބޭނުމަށް ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ދެވިފައި ނުުވާ ކަމަށެވެ. ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމާ ތަޢާރަޒުވާ ގޮތަށް ބޭރުގެ ހަތިޔާރުއެޅި ފަރާތްތަކަށް ރާއްޖޭގެ ވައިގެ ސަރަހައްދު ހުޅުވައި ނުލާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުުކާރުން ދިނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *