ވިލިމާލޭ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު މީހަކު މާރުވެއްޖެއެވެ.
ފުލުހުން ބުނީ މަރުވީ ނޭޕާލްގެ މީހެއް ކަމަށެވެ. ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު މީހަކު ގެއްލިގެން، ފުލުހުންނަށް ރިޕޯޓް ކުރީ މިއަދު ހެނދުނު 6:30 ހާއިރު ކަމަށްވެސް ބުންޏެވެ.
އެ ރިޕޯޓާ ގުޅިގެން ވިލިމާލޭގެ ފުލުހުންނާއި މެރިން ޕޮލިސް ގުޅިގެން ކުރި މަސައްކަތުން އެ މީހާ ފެނުނީ މޫދު އަޑީގައި އޮއްވައި 6:55 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ވިލިމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް އެ މީހާ މަރުވެފައިވާ ކަމަށެވެ.
އެ ހާދިސާގައި މަރުވީ އުމުރުން 22 އަހަރުގެ ނޭޕާލް މީހެކެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.





