އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޑީ.ސީ.ޕީ (ރިޓަޔާރޑް) މުޙައްމަދު ރިޝްވާން އިސްތިއުފާ ދެއްވައިފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިރޭ ބުނީ އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ބޯޑު މެންބަރުކަމުގެ މަގާމުން ހ. ހަބަރުގެ، މުހައްމަދު ރިޝްވާން، މިއަދު އިސްތިއުފާދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އިސްތިއުފާ ގަބޫލުކޮށް އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ރިޝްވާން އައްޔަންކޮށްފައިވަނީ އެ މަގާމުގައި ހުންނެވި މުހައްމަދު ވަޖީހު އިބްރާހިމް މަގާމުން ވަކިކުރުމާ ގުޅިގެން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ގައެވެ.





