ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ޖެނީވާގައި އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މިއަދު މަގާމުން ވަކިކޮށްފި އެވެ.
މި ދެ ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަސްމާ ރަޝީދުގެ އާއިލާގެ މެންބަރުންނެވެ. މުންދުއަކީ އަސްމާގެ ދަރިކަލެކެވެ. ސަލްމާއަކީ އަސްމާގެ ކޮއްކޮއެވެ.
ސަލްމާގެ އެހެން ދަރިކަލެއް ކަމަށްވާ، ފިޝަރީސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ހުސައިން ޝަރީފް ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.
އެ ބޭފުޅުން މަގާމުތަކުން ވަކިކޮށްފައި ވަނީ ދާދި ފަހުން ސޯޝަލް މީޑިއާގައި ދައުރުވެފައިވާ އޯޑިއޯއެއްގެ މައްސަލައާ ގުޅިގެންނެވެ.





