މާލޭގެ ގެއެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާތަކަކާއެކު ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކެއްގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓުން އަމުރު ކޮސްފައިވާ މީހަކީ، މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ގއ. ވިލިނގިލި، ބުލާފަރުގެ، އަމްޖަދު ރިގާބް (36އ) އެވެ.
ފުލުހުން ބުނީ، މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ގަލޮޅު ގެއެއް ބަލައިފާސްކުރިއިރު، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ދިވެހި ފައިސާ ފެނިފައިވާ ކަމަށެވެ. ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 266.29 ގުރާމު ހުރި ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.





