ރާއްޖެއަށް އެތެރެކުރަން އުޅުނު 1.7 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސްއިން ބުނީ ވައިގެ މަގުން އެތެރެކުރަން އުޅުނީ 2.1 ކިލޯގެ މަސްތުވާތަކެތި ކަމަށާއި، މަގުމަތީގެ އަގު 1.7 މިލިޔަން ރުފިޔާއަށް އަރާ ކަމަށެވެ.
މިތަކެތި އަތުލައިގަތީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ކަމަށްވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.
އަތުލައިގަނެފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކަސްޓަމްސްއިން އަންނަނީ، ކަމާއި ގުޅުންހުރި އިދާރާތަކާ ގުޅިގެން މަސައްކަތްތައް ކުރަމުންނެވެ.





