ފަސް ސިޓީގެ މޭޔަރުގެ މަގާމާއި، ސުޕަ މެޖޯރިޓީ އެމްޑީޕީއަށް

ފަސް ސިޓީގެ މޭޔަރުގެ މަގާމާއި، ސުޕަ މެޖޯރިޓީ އެމްޑީޕީއަށް

ފަސް ސިޓީގެ މޭޔަރުކަމުގެ ގޮނޑި މިދިޔަ ދައުރުގައި ވެސް ފުރުއްވި އިދިކޮޅު އެމްޑީޕީގެ ބޭފުޅުން ދެވަނަ ދައުރަކަށް މިއަދު އިންތިހާބުވެއްޖެ އެވެ.

މިއަދު މުޅި ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މޭޔަރުކަމުގެ ވޯޓުގައި މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާގޮތުން، މާލޭގެ މޭޔަރުގެ ގޮނޑި އާދަމް އާޒިމް ކާމިޔާބުކުރެއްވި އިރު، ފުވައްމުލައް ސިޓީގެ މޭޔަރުގެ މަގާމު ކާމިޔާބު ކުރެއްވީ އިސްމާއިލް ރަފީއު އެވެ.

އައްޑޫ ސިޓީގެ މޭޔަރުކަން އަލީ ނިޒާރު ކާމިޔާބު ކުރެއްވި އިރު، ކުޅުދުއްފުށި ސިޓީގެ މޭޔަރުގެ މަގާމަށް އިންތިހާބުވީ މުހައްމަދު އާތިފް އެވެ. އަދި ތިނަދޫ ސިޓީގެ މޭޔަރުގެ ގޮނޑި ކާމިޔާބު ކުރެއްވީ ސައުދު އަލީ އެވެ.

މި ފަސް ބޭފުޅުންނަކީވެސް މޭޔަރުކަމުގެ ގޮނޑި މިދިޔަ ދައުރުގައިވެސް ފުރުއްވި ބޭފުޅުންނެވެ. މި ބޭފުޅުންގެ ތެރެއިން ތިނަދޫ ފިޔަވައި އެހެން ހުރިހާ ގޮނޑިއެއް ވެސް އެމްޑީޕީން ކާމިޔާބުކުރީ ތަފާތު ބޮޑުކޮށެވެ.

ފަސް ސިޓީގެ މޭޔަރުގެ ގޮނޑި އެމްޑީޕީން ކާމިޔާބު ކުރި އިރު، ސިޓީތަކުގެ މެޖޯރިޓީ ވެސް އެމްޑީޕީއަށް ވަނީ ލިބިފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *