މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލުން ޖެހި، އަންހެން މީހާ ވެއްޓުމުންވެސް މަޑުނުކޮށް ދިޔަ މީހަކު ހޯދަނީ

މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލުން ޖެހި، އަންހެން މީހާ ވެއްޓުމުންވެސް މަޑުނުކޮށް ދިޔަ މީހަކު ހޯދަނީ

މަގު ހުރަސް ކުރަމުން ދިޔަ އަންހެނެއްގެ ގައިގައި ސައިކަލުން ޖެހި، އެކްސިޑެންޓް ވުމުންވެސް މަޑުނުކޮށް ސައިކަލުގައި ދިޔަ މީހަކު ހޯދަން ފުލުން ވީޑިއޯ އާއްމު ކޮށްފިއެވެ.

އެ ވީޑިއޯއިން ފެންނަނީ މަގު ހުރަސް ކުރަމުން ދިޔަ އަންހެން މީހާގެ ގައިގައި ސއިކަލުން ޖެހި އެމީހާ ވެއްޓުމުންވެސް އަޅައިވެސް ނުލާ ސައިކަލްގައި ދާ މަންޒަރެވެ.

އެމީހާ ހޯދުމަށް ވީޑިއޯ އާއްމުކޮށް ފުލުހުން ބުނެފައިވަނީ އެ ވީޑިއޯ އިން ފެންނަ މީހާއަކީ މާލެ ޓްރެފިކް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، މަޖީދީމަގު އަތަމާ ޕެލަސް ކައިރިން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓްވުމުން މަޑުނުކޮށް ގޮސްފައިވާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ މީހެއް ކަމަށެވެ.

އެމީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ ހޯދިފައިނުވާ މީހެއް ކަމަށްވެސް ބުނެފައިވެއެވެ.

އެހެން ކަމުން ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އަދި މި އެކްސިޑެންޓްގެ މަންޒަރު ދުއް ފަރާތެއްވާނަމަ އެމައުލޫމާތެއް ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 ގުޅުއްވައި ހިއްސާ ކުރެއްވުން އެދޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *