ދޯންޏެއްގެ ބުރަފަތީގެ ޖެހި، ޖަރުމަނު ޓޫރިސްޓަކު މަރުވެއްޖެ

ދޯންޏެއްގެ ބުރަފަތީގެ ޖެހި، ޖަރުމަނު ޓޫރިސްޓަކު މަރުވެއްޖެ

ދޯންޏެއްގެ ބުރަފަތީގެ ޖެހި، ޓޫރިސްޓަކު މިއަދު މަރުވެއްޖެއެވެ.

މިއީ އދ. އަތޮޅުގައި މޫދަށް އެރި އުޅުނު ޓޫރިސްޓެކެވެ.  ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފެންފުށިީގެ ވޭލް ޝާކް ޕޮއިންޓަށް އެރި އުޅެނިކޮށް މަރުވީ ޖަރުމަނުގެ ފިރިހެނެއް ކަމަށެވެ.

އޭނާ މަރުވެގެން ރިޕޯޓްކުރީ ހެނދުނު 10 ޖަހާކަށްހާއިރު ކަމަށްވެސް ބުނެފައިވެއެވެ. އެ މައްސަލަ ތަހުގީގު ކުރަމުން ދާތީ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

މީގެކުރިންވެސް މިފަދަ ބައެއް ހާދިސާ ތަކުގައި ފަތުރުވެރިންނަށް ވަނީ ބޮޑެތި ގެއްލުންތައް ވެފައެވެ. އޭގެތެރޭގައި ފަތުރުވެރިންގެ ފުރާނަ ދިއުން ފަދަ ކަންކަން ދޭތެރެދޭތެރެއިން ހިނގާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *