10 ރުފިޔާގެ އާ ނޫޓުގެ ސްޓޮކެއް ގެނެސްފި

10 ރުފިޔާގެ އާ ނޫޓުގެ ސްޓޮކެއް ގެނެސްފި

10 ރުފިޔާގެ އާ ނޫޓު ސްޓޮކެއް އެމްއެމްއޭ އިން ގެނެސްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގެންގުޅޭ "ރަންދިހަފަހެއް" ނޫޓު ސީރީޒްގެ 10 ރުފިޔާގެ އާ ނޫޓުތަކެއް ގެނެސްފިއެވެ.

އެމްއެމްއޭއިން ބުނީ 10 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން އާ ސްޓޮކެއް ގެނެސްފައިވަނީ މިއަދު ކަމަށެވެ. އަދި އަންނަ މަހު އެކެއްގައި އެ ނޫޓުތައް ދައުރުކުރަން ފަށާނެ ކަމަށް ވެސް ބުންޏެވެ.

އެ ނޫޓުތައް ބާޒާރަށް ނެރުމުގެ މައިގަނޑު މަގުސަދަކީ އިގުތިސޯދުގެ ތެރޭގައި ނަގުދު ފައިސާ ދައުރު ކުރުމުގައި ދަތިކަމެއް ނެތި، ބޭނުންވާ މިންވަރަށް ފައިސާ ފޯރުކޮށްދިނުމާއި އަދި އެއޮތޯރިޓީއަށް ލިބޭ ނޫޓުގެ ތެރެއިން ބާވެ ހަލާކުވެގެން ނަގާ ނޫޓު ތަކުގެ ބަދަލުގައި ބޭނުންކުރުމަ އެމްއެމްއޭއިން ބުންޏެވެ.

އަލަށް ޗާޕުކޮށްގެން ނެރޭ 10 ރުފިޔާގެ ނޫޓުގައި ސޮއިކުރައްވާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހްމަދު މުނައްވަރު އެވެ. އަދި މި ނޫޓުގައިވާ ތާރީހަކީ 31 ޖުލައި 2025، 6 ޞަފަރު 1447 އެވެ

އަދި، 10 ރުފިޔާގެ މި އައު ޗާޕުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށެވެ. މިގޮތުން ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކުއެވެ.

ނަގުދު ފައިސާގެ ގޮތުގައި އަލަށް ޗާޕުކޮށްގެން މިނެރޭ 10 ރުފިޔާގެ ނޫޓާއި އެކު މިހާރު ދައުރުވަމުންދާ 10 ރުފިޔާގެ ނޫޓުވެސް ދައުރުވަމުން ދާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *