އައްޑޫ ސިޓީގެ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯގެ މަގާމުން ޑރ. އިބްރާހިމް ޔާސިރު އަހުމަދު ވަކިކޮށްފިއެވެ.
އެކަމާބެހޭ މާބޮޑު މައުލޫމާތެއް ލިބިފައިނުވި ނަމަވެސް އެ މަގާމުން ޔާސިރު ވަކިކުރިކަން، ހޮސްޕިޓަލްގެ މުވައްޒަފުންނަށް ހެލްތު މިނިސްޓްރީން ވަނީ އަންގައިފައެވެ.
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ގެ ސީއީއޯކަމުގެ މަގާމަށް، އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ޔާސިރު ހަމަޖެއްސީ 2024 ވަނަ އަހަރުގެ މާޗު މަހުގެ ހަތަރުވަނަ ދުވަހުއެވެ.
ނަމަވެސް އޭނާ އެމަގާމުން ވަކި ކުރުމަށްފަހު، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޑރ. އަދީލް ނަސީރު ވަނީ ސީއީއޯކަމުގެ މަގާމަށް އައްޔަންކޮށްފަ އެވެ.





