ޔޫރަޕްގައި އެއް ގައުމުން އަނެއް ގައުމަށް އުފުލި 12 ޓަނުގެ ކިޓްކެޓް ވަގަށް ނަގައިފި

ޔޫރަޕްގައި އެއް ގައުމުން އަނެއް ގައުމަށް އުފުލި 12 ޓަނުގެ ކިޓްކެޓް ވަގަށް ނަގައިފި

އިޓަލީގައި ހުންނަ ނެސްލޭގެ ފެކްޓްރީން ޕޮލެންޑަށް ގެންދިޔަ 12 ޓަނުގެ ކިޓްކެޓް ޗޮކްލެޓް، ދަތުރުމަތީގައި ވަގަށް ނަގާފައިވާކަން އެ ކުންފުނިން ބުނެފި އެވެ.

ނެސްލޭއިން ބުނި ގޮތުގައި މި ހާދިސާ ތަހުގީގު ކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއި ސަޕްލައި ޗެއިންގެ ބައިވެރިންނާ ގުޅިގެން އެ ކުންފުނިން ދަނީ ގާތުން މަސައްކަތް ކުރަމުންނެވެ.

މި ވައްކަމުގެ ހާދިސާ ހިނގި ނަމަވެސް، ކަސްޓަމަރުންނަށް ފޯރުކޮށްދޭ އުފެއްދުންތަކުގެ ރައްކާތެރިކަމާ މެދު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށާއި، ބާޒާރަށް ކިޓްކެޓް ސަޕްލައި ކުރުމަށް އެއްވެސް ބުރޫއެއް ނާރާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *