ހަރަދު ކުޑަކުރުމުގެ ބަހަނާގައި އެންމެ ބޮޑު ދެ އިންތިހާބު އެއްކުރުމަށްފަހު ކުޑަ އިންތިހާބު ބޮޑު ހަރަދުކުރުމުން ދެކޮޅު ނުޖެހޭ: އުމަރު

ހަރަދު ކުޑަކުރުމުގެ ބަހަނާގައި އެންމެ ބޮޑު ދެ އިންތިހާބު އެއްކުރުމަށްފަހު ކުޑަ އިންތިހާބު ބޮޑު ހަރަދުކުރުމުން ދެކޮޅު ނުޖެހޭ: އުމަރު

އިންތިހާބުތަކެއް އެއްކޮށްލާނަމަ އެންމެ ރަނގަޅުވާނީ އެންމެ މުހިންމު ދެ އިންތިހާބު ނޫން ކަމަށާއި އޭގެ ބަދަލުގައި އެއްކޮށްލަން ވާނީ އެންމެ ކުޑަ ދެ އިންތިހާބު ކަމަށްވާ މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ  ތިން އިންތިހާބުގެ ބަދަލުގައި ދެ އިންތިހާބު އޮންނަ ގޮތަށް ބަދަލުކުރުމަށް ތާއީދު ކުރައްވާ ކަމަށެވެ. ނަމަވެސް އެކަން ކުރައްވަން އުމަރަށް ފެނިވަޑައިގަންނަވާ ގޮތް އޭނާ ވަނީ ބަޔާނުގައި ސާފުކޮށްދެއްވައިފަ އެވެ.

"ނަމަވެސް އެއްކޮށްލަންވާނީ އެންމެ މުހިންމު ދެ އިންތިހާބެއް ނޫނެވެ. އެއްކޮށްލަންވާނީ އެންމެ ކުޑަ ދެ އިންތިހާބެވެ. އެއީ މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބެވެ،" އެ ބަޔާނުގައި އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ  ރިޔާސީ އިންތިހާބަކީ މުޅި ގައުމުގެ ކުރިމަގު ކަނޑައަޅާ މުހިންމު އިންތިހާބެއް ކަމަށެވެ. ނަމަވެސް އަނެއް ދެ އިންތިހާބަކީ ވަކިވަކި ދާއިރާތަކާ ގުޅުންހުރި އިންތިހާބުތަކެއްކަން އުމަރު ފާހަގަކުރެއްވި އެވެ.

"ހަރަދު ކުޑަކުރުމުގެ ބަހަނާގައި އެންމެ ބޮޑު ދެ އިންތިހާބު އެއްކުރުމަށްފަހު އެންމެ ކުޑަ އިންތިހާބު ބޮޑު ހަރަދުކޮށްގެން ވަކިން ބޭއްވުމަކީ ދެކޮޅުޖެހޭ ވާހަކައެއް ނޫނެވެ،" އުމަރު ވިދާޅުވި އެވެ.

"އެންމެ ބޮޑު ދެ އިންތިހާބު އެއްކޮށްލުމަށް ނޫނެކޭ ބުނާށެވެ."

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *