މިރޭ އޮންނަ "އަފިރިންގެ އައްޑޫ" ޖަލްސާގައި ބައިވެރިވުމަށް ޝާހިދު އައްޑޫއަށް

މިރޭ އޮންނަ "އަފިރިންގެ އައްޑޫ" ޖަލްސާގައި ބައިވެރިވުމަށް ޝާހިދު އައްޑޫއަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ކެމްޕޭނުގައި އައްޑޫ ސިޓީގައި ބާއްވާ "އަފިރިންގެ އައްޑޫ" އިފްތިތާހު ކުރުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު އައްޑޫ ސިޓީއަށް ފުރާވަޑައިގެންފިއެވެ.

"އަފިރިންގެ އައްޑޫ" ޖަލްސާ އޮންނާނީ މިރޭ 9 ޖަހާއިރު، ހިތަދޫގައި ހުންނަ އެމްޑީޕީގެ މައި ހަރުގޭގައެވެ. އެމްޑީޕީގެ ރައީސް މިއަދު އައްޑޫ ސިޓީއަށް ފުރާވަޑައިގެންނެވިއިރު، އަރިހުގައި އެމްޑީޕީގެ ޓީމެއްވެސް ދިޔައެވެ.

އައްޑޫއަށް ފުރާވަޑައިގަންނަވަމުން ޝާހިދު އެދިވަޑައިގަތީ އުފެއްދުންތެރި، ބަދަހި، ނޫފެހި އައްޑޫއަކަށްޓަކައި އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް އައްޑޫއިން ވޯޓު ދިނުމަށެވެ.

މިއަދު އައްޑޫ ސިޓީގައި އޮންނަ ޖަލްސާގައި ބައިވެރިވަޑައިގަންނަވާއިރު ޝާހިދު ވަނީ މި ކެމްޕޭނުގައި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ވަޑައިގެން އެމްޑީޕީގެ ކެންޑިޑޭޓުންނާއި ކެންޕޭން ޓީމުތަކާ ބައްދަލު ކުރައްވައި ކެމްޕޭންގައި ބައިވެރިވެ ވަޑައިގެންފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *