2026 ގެ ބޮކްސް އޮފީސް ރަޔަން ގޮސްލިންގްގެ "ޕްރޮޖެކްޓް ހެއިލް މޭރީ" ފަތަހަކޮށްފި

2026 ގެ ބޮކްސް އޮފީސް ރަޔަން ގޮސްލިންގްގެ "ޕްރޮޖެކްޓް ހެއިލް މޭރީ" ފަތަހަކޮށްފި

އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސް އިން އުފެއްދި މި ފިލްމަކީ މަޝްހޫރު ލިޔުންތެރިޔާ އެންޑީ ވެއާގެ ނޮވެލްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

މާޗް މަހުގެ 20 ވަނަ ދުވަހު ސިނަމާތަކަށް އައި މި ފިލްމު ވަނީ އުންމީދު ކުރިވަރަށް ވުރެ މާ ބޮޑު ތަރުހީބެއް ހޯދާފައެވެ

މި ފިލްމުގައި ރަޔަން ގޮސްލިންގް ފެނިގެންދަނީ ރައިލަންޑް ގްރޭސް ނަމަކަށް ކިޔާ ސައިންސްވެރިއެއްގެ ރޯލުންނެވެ. އޭނާ ހޭލެވޭއިރު އޮންނަނީ ހަނދާން ނެތިފައި ފަޒާގެ އުޅަނދެއްގެ ތެރޭގައެވެ. ދުނިޔެ ސަލާމަތް ކުރުމުގެ ބޮޑު މިޝަނެއްގައި އޭނާ ކުރާ ދަތުރުގެ ވިޝުއަލްތަކާއި ޖަޒުބާތީ ވާހަކައަށް ކްރިޓިކުން ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

ފިލްމުގެ ޑައިރެކްޓަރުން ކަމަށްވާ ފިލް ލޯޑް އަދި ކްރިސްޓޮފަރ މިލާ ވަނީ މި ފިލްމަކީ "ބޮޑު ސްކްރީނުގައި ބަލާލަން ޖެހޭ ފަދަ އާދަޔާ ހިލާފު ތަޖުރިބާއެއް" ކަމަށް ބުނެފައެވެ. މިއީ މިހާތަނަށް އެމެޒޯންގެ ސްޓޫޑިއޯއަކުން އުފެއްދި ފިލްމަކަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ވެސް މެއެވެ.

"ޕްރޮޖެކްޓް ހެއިލް މޭރީ" ވަނީ މިއަހަރުގެ ކުރީކޮޅު ނެރުނު "Scream 7″ ގެ ރެކޯޑްތައް ފަހަތަށް ޖައްސާލާފައެވެ. އަދި މިއީ 2023 ވަނަ އަހަރުގެ "Oppenheimer" އަށް ފަހު، އެއްވެސް ފްރެންޗައިޒަކާ ނުގުޅޭ ފިލްމަކަށް ލިބުނު އެންމެ ބޮޑު ފުރަތަމަ ހަފްތާގެ އާމްދަނީއެވެ.

މި ފިލްމުގެ ކާމިޔާބީއާ އެކު، ރަޔަން ގޮސްލިންގްގެ މަގުބޫލުކަން އަނެއްކާވެސް ވަނީ އުފުލިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *