ހެނދުނު 10 އިން ހަވީރު 4 ޖަހަންދެން އަތްވަށް ނުނިކުންނަން އެޗްޕީއޭއިން އެދިއްޖެ

ހެނދުނު 10 އިން ހަވީރު 4 ޖަހަންދެން އަތްވަށް ނުނިކުންނަން އެޗްޕީއޭއިން އެދިއްޖެ

ރާއްޖޭގެ އެކި ހިސާބުތަކަށް އިހުސާސްކުރެވޭ ހޫނުމިން 35 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ގޮސްފައިވާތީ ރައްްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން ބުނީ ކޮންމެ އަހަރެއްގެވެސް މާރިޗު އަދި އޭޕްރިލް މަހަކީ ރާއްޖޭގެ ސަރަހައްދަށް ހޫނު މިން އެންމެ މައްޗަށްދާ ދުވަސްވަރު ކަމަށެވެ.

މިދުވަސްވަރު ވިލާ މަދުވެފައި ވައި މަޑުވެ އަދި ވައިގެ ތެތްކަމުގެ ނިސްބަތް މަތީގައި ހިފަހައްޓާކަަމަށް މެޓް އޮފީހުން ބުނެއެވެ. ދުވާލުގެ ހޫނުމިން މަތިވެގެންދާވަރާއި ރޭގަނޑުގެ ފިނިކަން ދަށްވެގެންދާ ވަރާ އަޅައިބަލާއިރު، ފަރަގު ކުޑަވާ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި އެންމެ ހުނޫ ގަދަވާނީ މެންދުރުފަހު 2 ޖަހާއިރުކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.

ރާއްްޖޭގެ ހުރިހާ ހުސާބަކަށވެސް ހޫނުމިން ގަދަވާނެތީ އެޗްްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފައެވެ.

އެގޮތުން އެންމެ ހޫނުގަދަވާ ގަޑިތައްކަމުގައިވާ ހެނދުނު 10:00 އިން 04:00 އިން އަތްވަށް ނުނިކުތުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން ގިނަގިނައިން ދިޔާ ތަކެތި ބޭނުންކުރުމަށާއި ކުލަ އަލި ގަޔަށް ފަސޭހަ ދޫ ހެދުމެއް ލައިގެން އުޅުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

3 Responses

  1. ސަރުކާރު ސުކޫލުތަކަށް ދަރިވަރުން ދާ ގަޑި ކީއްވެތޯ ބަދަލު ނުކުރަނީ މިކަމަށް ވިސްނާފަ

  2. ތީބައިގަންނަބައެއް ނޫން ކޮވިޑްވެކްސި އަހަރެމެން ގަޔަށް މަޖުބޫރުން ޖެހުވިފަހު

Leave a Reply to ތޯހާ Cancel reply

Your email address will not be published. Required fields are marked *