18 އަހަރުގެ އަންހެނަކަށް ކުޑަ އިރުއްސުރެން ޖިންސީ ގޯނާކުރަމުންއައި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.
ފުލުހުން މިއަދު ބުނީ، އެ މައްސަލައަކީ، ނޯތު ޕޮލިސްގައި ހިމެނޭ ރަށަކުން ހުށަހެޅި މައްސަލައެއް ކަމަށެވެ.
އެ މައްސަލައަކީ އިތުބާރު ކުރެވޭ މަގާމެއްގައިހުރެ، 18 އަހަރުގެ އަންހެނަކަށް، އެ އަންހެން މީހާގެ ކުޑައިރުން ފެށިގެން އެކި ދުވަސް މަތިން ތަކުރާރުކޮށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މި މައްސަލަ، ކަމާބެހޭ އެހެނިހެން އިދާރާތަކާއި ގުޅިގެން ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.





