5 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރިކަމުގެ ތުހުމަތުގައި އަވައްޓެރި އިންޑިއާގެ ދެމީހުން ހައްޔަރު ކޮށްފިއެވެ.
ލަގެޖް ތެރެއަށް ލައިގެން ވައިގެ މަގުން ޑްރަގް އެތެރެކުރި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، އީޝްވަރުމުރިތީ ޝަންމުގަމް (24އ) ކިޔާ މީހަކާއި، ޔުތިޝް ރާޖް ރާޖަން (27އ) އެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދު ކުރަން ކުރި ކޯޓު އަމުގައި ބުނެފައިވަނީ، އެ ދެ މީހުންގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށެވެ.
އެގޮތުން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަހުގީގު ކުރުމަށްޓަކައި މީހުންނާއި ތަކެތި ހަވާލުކުރާ ފޯމާއި ފުލުހެއްގެ ބަޔާން ހުށަހަޅާފައިވާކަން ފާހަގަ ކޮށްފައިވެ އެވެ.
އެ މީހުންވެސް ވަނީ ލަގެޖުގައި ހުރީ ކޯއްޗެއްކަން ނޭނގޭ ކަމަށް ބުނެފަ އެވެ. އަދި ވަކީލެއްގެ ފުރުސަތަށް އެދިފައިވެއެވެ.
އެ ދެ މީހުންގެ ރާއްޖެ އައިއިރު ގެނައި ދެ ލަގެޖުން ހަ ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް އައިއޯ ފާހަގަކުރާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.





