ބަންޑުން ޖަހާލި ލޯންޗުން ގެއްލުނ މީހުން ހޯދަން ޑްރޯން ބޭނުން ކުރަނީ

ބަންޑުން ޖަހާލި ލޯންޗުން ގެއްލުނ މީހުން ހޯދަން ޑްރޯން ބޭނުން ކުރަނީ

ވ. ފެލިދޫ ކައިރިން ދަތުރު ކުރަނިކޮށް ރޭ ދަންވަރު ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ދެ މީހުން ހޯދުމަށް އެމްއެންޑީއެފް ޑްރޯން ބޭނުން ކުރަން ފަށައިފިއެވެ.

އެމްއެންޑީއެފުން މިރޭ ވިދާޅުވީ ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އަދި ޑައިވަރުން ބޭނުންކޮށްގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ނުދެއެވެ.

އެކަމަކު "ވަގުތަށް" އެނގިފައިވާ ގޮތުގައި ދެ މީހުން ހޯދުމަށް އެމްއެންޑީއެފްގެ ޑްރޯން ދަނީ ބޭނުން ކުރަމުންނެވެ. އަދި ޑްރޯން ބޭނުންކޮށްގެން ވ. އަތޮޅުގެ ވަރަށް ބޮޑު ސަރަހައްދެއް ބަލާފައިވެއެވެ.

ލޯންޗު ބަންޑުން ޖަހާލިއިރު، އިނގިރޭސި ވިލާތާއި ރަޝިއާގެ ދެ އަންހެނުންނާއި އިންޑިއާގެ ފަސް މީހުންނާއެކު ޖުމްލަ ހަތް މީހުން ތިއްބެވެ. މި ހާދިސާގައި ގެއްލިފައިވަނީ އިންޑިއާގެ ދެ މީހުންނެވެ. ބާކީ ތިބި މީހުން ކަނޑުވެފައި ތިއްބާ ވަނީ ސަލާމަތްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *