ރާއްޖެއަށް ވެސް ހުކުރު ދުވަހަކީ އީދު ދުވަސް

ރާއްޖެއަށް ވެސް ހުކުރު ދުވަހަކީ އީދު ދުވަސް

ރާއްޖެއަށް ވެސް ހުކުރު ދުވަހަކީ ފިތުރު އީދު ދުވަސް ކަމަށް ކަނޑައަޅައިފިއެވެ.

ހަނދާ ބެހޭ ބަޔާނުގައި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިއަދު އިރުއޮއްސުމުގެ ފަހުން ރާއްޖޭގެ އެއްވެސް ރަށަކަށް ފެނިފައިނުވާ ކަމަށާއި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ޝައްވާލު މަހުގެ ހަނދު ފެންމަތީގައި ނުހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވާ ކަމަށެވެ.

އޭގެ އިތުރުން އިސްލާމީ އެއްވެސް ގައުމަކަށްވެސް މިއަހަރުގެ ޝައްވާލު މަހުގެ ހަނދު ފެނުނު ކަމުގެ މައުލޫމާތު ރަސްމީގޮތުން ލިބިފައިނުވާ ކަމަށް ބަޔާނުގައި މިނިސްޓަރު ވިދާޅުވިއެވެ.

”..ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ދިވެހިރާއްޖޭގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން މާދަމާ، މީލާދީ ސަނަތުން 2026 ވަނަ އަހަރުގެ މާޗު މަހުގެ 19 ވާ ބުރާސްފަތި ދުވަހަކީ ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމުގައްޔާއި، މީލާދީ ސަނަތުން 2026 ވަނަ އަހަރުގެ މާޗު މަހުގެ 20 ވާ ހުކުރު ދުވަހަކީ ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅައިފީމެވެ.،“ ޝަހީމްގެ ބަޔާނުގައި ވިދާޅުވިއެވެ.

ސައުދީ އަރަބިއްޔާ އާއި އިސްލާމީ ގިނަ ގައުމުތަކަށް ވެސް ފިތުރު އީދުގެ ފުރަތަމަ ދުވަހަކީ ހުކުރު ދުވަހެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *