ކުޑަކުއްޖަކު ލައްވައި ޑްރަގް ޓްރެފިކް ކުރުވި ދެމީހުންގެ ބަންދު އިތުރު ކޮށްފި

ކުޑަކުއްޖަކު ލައްވައި ޑްރަގް ޓްރެފިކް ކުރުވި ދެމީހުންގެ ބަންދު އިތުރު ކޮށްފި

ކުޑަކުއްޖަކު ކުށްކުރުވުމަށް ބޭނުންކޮށް، އެކްސްޕްލޮއިޓްކޮށް، މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތި ޓްރެފިކް ކޮށްގެން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 30 ދުވަސް ކުރިމިނަލް ކޯޓުން އިތުރު ކޮށްފިއެވެ.

އެ ދެމީހުންނަކީ، މ. ނާޒްލީމަންޒިލް / މާލެ، ހަސަން ނުއާޒު (28އ) އާއި ވ. ސެޓެލައިޓް / މާލެ، އަހަމަދު ނައީމް (39އ) އެވެ.

މި ދެމީހުން އެކްސްޕްލޮއިޓް ކޮށްފައި ވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެކެވެ.

ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި، ޑްރަގް އެންފޯސްމަންޓް އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖަންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މާލެ ސަރަހައްދުން މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ ކަމުގެ ތެރޭގައެވެ.

އޭރުންފެށިގެން މައްސަލައިގެ ތަހުގީގަށް މިދެ މީހުން ބަންދުކޮށްފައި އިބުމަށްފަހު ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ކުރިމަނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން އިއްޔެއިން ފެށީގެން 30 ދުވަހުގެ މުއްދަތަށް އެ ދެމީހުން ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ހިމެނޭ ނުއާޒުއަކީ މި މައްސަލައިގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްކަމަށާއި، މީނާ މި އަމަލު ހިންގާފައި ވަނީ ކުޑަކުއްޖަކު ބައިވެރިކޮށްގެންކަމަށެވެ. މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތެއްގެ އެކައުންޓުން މީނާގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޓްރާންސްފާ ކޮށްފައިވާކަމަށާއި، މި މައްސަލާގައި ހުށަހަޅާފައިވާ ފޯން އިންޓަސެޕްޓް ޓްރާންސްކްރިޕްޓަށް ބަލާއިރ،ު މީނާއަކީ، މި މައްސަލާގައި ހިމެނޭ ކުޑަކުއްޖާ މެދުވެރިކުރުވައިގެން މަސްތުވާތަކެތީގެ މުއާމަލާތް ހިނގުވާ ފަރާތެއްގެ ގޮތުގައި ފާހަގަވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އަދި މި މައްސަލާގައި ހިމެނޭ އަހަމަދު ނައީމްއަކީ ނުއާޒުއާ ދެމެދުގައި ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތް ކޮށްފައިވާ ފަރާތެއް ކަމަށާއި، މީނާއަކީ މަސްތުވާތަކެތި ވިއްކާ ހެދުމުގައި ކާޓަލް ހިންގުމުގައި އިސްކޮށް އުޅޭ މީހެއްކަމަށްވެސްް ފާހަގަ ކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *