ދިގުރަށުގައި ބިދޭސީން ތިބޭ އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ ފަސް މީހަކު މަރުވެއްޖެ

ދިގުރަށުގައި ބިދޭސީން ތިބޭ އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ ފަސް މީހަކު މަރުވެއްޖެ

ދިގުރަށުގައި ބިދޭސީން ތިބޭ އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ ފަސް މީހަކު ނިޔާވެއްޖެއެވެ.

ފުލުުހުން މިރޭ ބުނީ، ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާގައި އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 2:00 ހާއިރު ކަމަށް  ފުލުހުން ބުންޏެވެ.

މި ހާދިސާގައި އަނިޔާ ލިބުނު މީހުންގެ ތެރެއިން ފަސް މީހަކު ވަނީ މަރުވެފައިކަމަށް ފުލުހުން ބުންޏެވެ

އަދި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގެ ތަހުގީގަށް މާލެ އިން ހާއްސަ ޓީމެއް އެރަށަށް ދިއުމަށް ހަަމަޖެހިފައިވާ ކަމަށާއި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއްވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *