ބައެއް ކޯޓާ ފީ ކަނޑާލުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދޭން ފާސްކޮށްފި

ބައެއް ކޯޓާ ފީ ކަނޑާލުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދޭން ފާސްކޮށްފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ބިދޭސީ މުވައްޒަފުން ގެންނަން ދައްކަންޖެހޭ ކޯޓާ ފީ ދެއްކުން އިސްތިސްނާ ކުރެވޭ ހާލަތްތަކެއް ކަނޑައަޅަށް ވަޒީފާއާބެހޭ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ

ވަޒީފާއާބެހޭ ގާނޫނަށް މި އިސްލާހު ގެންނައުމުގެބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ، މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒެވެ.

ގާނޫނުގެ 65 ވަނަ މާއްދާއަށް ގެނައިއިސްލާހުގައި ވަނީ، މި މާއްދާގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު ވަކި ބާވަތެއްގެ ވިޔަފާރިތަކަށް ނިސްބަތްވާ ވަޒީފާ ދޭ ފަރާތްތަކަށް ދައްކަންޖެހޭ ކޯޓާފީ ދެއްކުމުން އިސްތިސްނާ ކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށެވެ.

އެގޮތަށް ކޯޓާ ފީ ދެއްކުން އިސްތިސްނާ ދެވޭ ވިޔަފާރިތައް ވަޒީރުންގެ މަޖިލީހުން ކަނޑައެޅުމުގައި ރިއާޔަތް ކުރަންޖެހޭ ކަންކަންވެސް ބިލުގައި ވަނީ ހިމަނައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ:

* އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ފަހި މާހައުލެއް ރާއްޖޭގައި ގާއިމްކޮށ،ް ރާއްޖޭގެ އިގްތިސަދުގައި އެ ވިޔަފާރިތަކުގެ ދައުރު ފުޅާކުރުން.

* އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކުގައި ދިގު މުއްދަތުގެ ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމަށް މަގުފަހި ކުރުން.

* އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ރާއްޖޭގައި ހިންގާ ބޮޑެތި ވިޔަފާރިތަކާ ދެމެދުގައި އޮތް ފަރަގު ކުޑަކުރުން.

" ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައިގެން ވިޔަފާރީގައި އާ ގޮތްތަކާއ،ި އާ ވިސްނުންތަކާއި އާ އުފެއްދުންތަކާއި ހިދުމަތްތައް ތައާރަފް ކުރުމަށް ހިތްވަރުދ،ީ އެފަދަ ވިޔަފާރިތައް ކުރިއަރުވައ،ި އެ ވިޔަފާރިތަކުގެ ފެންވަރު މަތިކުރުން.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *