އީރާނަށް ހަމަލާދޭން ފަށައިފި، ހަމަލާތައް ދީފައިވަނީ، ކަނޑާއި ވައިގެ މަގުން: އެމެރިކާ

އީރާނަށް ހަމަލާދޭން ފަށައިފި، ހަމަލާތައް ދީފައިވަނީ، ކަނޑާއި ވައިގެ މަގުން: އެމެރިކާ

އީރާނަށް މިއަދު ހަމަލާތައް ދީފައިވަނީ ކަނޑާއި ވައިގެ މަގުންކަމަށް އެމެރިކާއިން ބުނެފިއެވެ.

ރޮއިޓާސްއަށް މައުލޫމާތު ހިއްސާކުރި އެމެރިކާގެ އޮފިޝަލަކު ވިދާޅުވެފައިވަނީ، މިކަން ޔަގީންކޮށްދީފައެވެ. އިސްރާއީލް އަދި އެމެރިކާ ގުޅިގެން މިއަދު ދިން ހަމަލާތައް އަމާޒުކޮށްފައިވަނީ ތެހެރާނަށެވެ. އީރާނުގެ ތަސްނީމް ނިއުސް އޭޖެންސީން ބުނެފައިވަނީ މި ހަމަލާތައް އަމާޒުވެފައިވަނީ، އުތުރުގައިވާ ސައްޔިދު ޚަންދާން ޕްރޮވިންސަށެވެ. އަދި އިލާމް ޕްރޮވިންސް އަށްވެސް ވަނީ ހަމަލާތައް އަމާޒުވެފައެވެ.

އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ބުނެފައިވާގޮތުގައި އިސްރާއީލްގެ މި ހަމަލާތައް އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އޮފީސް ހުންނަ ސަރަހައްދުގެ ކައިރިއަށް ވަނީ އަމާޒުކޮށްފައެވެ. މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި އީރާނަށް ހަމަލާދިން އިރު ރޫހާނީ ލީޑަރު ޚާމަނާއީ މިވަގުތު ހުންނެވީ ތެހެރާނުން ބޭރުގައެވެ. އަދި ތެހެރާނަށް ތިން ހަމަލާގައި އީރާންގެ ރައީސް ޕެޒެޝްކިއަން އެއްވެސް ގެއްލުމެއް ނުލިބޭކަމަށް އީރާނުގެ ޤައުމީ މީޑިއާއިން ވަނީ ބުނެފައެވެ. ނަމަވެސް ހަމަލާ އަމާޒުވެފައިވަނީ ރައީސްގެ އޮފީސް ކައިރި ސަރަހައްދަށްކަން ވަނީ ކަށަވަރުވެފައެވެ.

އީރާނަށް ހަމަލާދިނުމުގައި އިރާގްގެ ވައިގެ ސަރަހައްދު ބޭނުންކުރުމުން އިރާގުން ވަނީ އެޤައުމުގެ ވައިގެ ސަރަހައްދު ބަންދުކުރިކަން ހާމަކޮށްފައެވެ. މާނައަކީ އިރާގްގެ މަތިން ދަތުރުކުރާނަމަ ދެން، އެ އުޅަނދެއް ވައްޓާލުމުގެ ހައްޤު އެޤައުމަށް އޮތުމެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *