ރާއްޖޭގެ މަޝްހޫރު ފިލްމް ޑައިރެކްޓަރ އަދި އެކްޓަރު އަޙްމަދު ނިމާލް މިއަދުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.
ނިމާލް ނިޔާވީ ހުސްވި ޑިސެމްބަރު މަހު ފަހުކޮޅު އޭނާއަށް ޖެހުނު ސްޓޯކުގެ ސަބަބުން އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު 6:50 ހާއިރު ކަމަށްވެއެވެ.
ނިމާލަށް ސްޓްރޯކު ޖެހުމާއި ގުޅިގެން އެންމެ ފުރަތަމަ ފަރުވާ ދީފައި ވަނީ އޭޑީކޭ ގައެވެ. އޭގެފަހުން ދަރުމަވަންތަ ހޮސްޕިޓަލަށްވެސް ބަދަލުކުރިއެވެ.
ނިމާލަކީ ރާއްޖޭގައި އުފެއްދި މަޝްހޫރު އަދި ކާމިޔާބު އެތައް ފިލްމެއްގައި އެކްޓަރެއްގެ ގޮތުގައި އުޅުމުގެ އިތުރުން ކާމިޔާބު ޑައިރެކްޓަރެއްވެސްމެއެވެ. ނިމާލް މިއަދު ނިޔާވިއިރު، މީގެ ދުވަސްކޮޅެއް ކުރިން ސްޓޯކެއް ޖެހިގެން ފިލްމް ޑައިރެކްޓަރު ފައްތާހުވެސް ވަނީ ނިޔާވެފައެވެ.





