ބްރިޖު ކައިރީގައި ހިނގި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު މަރުވެއްޖެ

ބްރިޖު ކައިރީގައި ހިނގި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު މަރުވެއްޖެ

ސިނަމާލެ ބްރިޖު ކައިރީގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކު މަރުވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ މާލެ ބޮޑުތަކުރުފާނު މަގު ބްރިޖު ލައިޓްކައިރިން ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ގޮސް ޕޭވްމަންޓު މައްޗަށް އަރައި އެކްސިޑެންޓް ވެފައިވާ މައްސަލަ ރޭ ދަންވަރު 1:39ގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓު ހިނގި އިރު ސައިކަލު ދުއްވަން އިން 19 އަހަރުގެ ފިރިހެން މީހާ އާއި 16 އަހަރުގެ ޒުވާން ކުއްޖާއަށް އަނިޔާވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެއީ ދިވެހި ދެ ފިރިހެނުން ކަމަށާއި އަދި ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ކުއްޖާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށެވެ.

އެކްސިޑެންޓްވި ސައިކަލު ދުއްވަން އިން 19 އަހަރުގެ ފިރިހެން މީހާ އަތުގައި އޭ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންގެންދާ ކަމަށް ފުލުހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *