ދޮންދަރިއާ ބެހިގެން 15 އަހަރަށް ޖަަލަށްލި ދޮންބައްޕަގެ ހުކުމް ބަދަލެއް ނުކުރި

ދޮންދަރިއާ ބެހިގެން 15 އަހަރަށް ޖަަލަށްލި ދޮންބައްޕަގެ ހުކުމް ބަދަލެއް ނުކުރި

އުމުރުން 12 އަހަރުގެ އަންހެން ދޮންދަރިއާ ބެހުނު ދޮން ބައްޕަ، 15 އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން ބަދަލެއް ނުކުރިއެވެ.

މި މައްސަލައަކީ 12 އަހަރުގެ ދޮންދަރި ސްކޫލަށް ގެންގޮސް ގެނެސްދީ ހަދާއިރުގައި އަދި ސައިކަލް ބުރު ޖަހަން ގެންދާއިރު އާއި ގޭތެރޭގައިވެސް، އެ ކުއްޖާއާ ތަކުރާރުކޮށް ޖިންސީ އަމަލު ހިންގާފައި ވާތީ ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި އެމީހާގެ މައްޗަށް ކޮށްފައިވަނީ ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކ،ު އެ ކުޑަ ކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާގައި ދޮން ބައްޕަގެ މޯބައިލް ފޯނުގެ ފޮރެންސިކް ރިޕޯޓަށާއ،ި ކުއްޖާގެ ނަފްސާނީ ސައިކޮލޮޖިކަލް ރިޕޯޓުން ކުއްޖާއާމެދު ޖިންސީ ގޯނާއެއް ނުވަތަ އަނިޔާއެއް ލިބިފައިވާކަން އެނގެން އޮންނާތ،ީ އޭނާގެ މައްޗަށްކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ދަށުކޯޓުން ދޮންބައްޕަގެ މައްޗަށް ހުކުމް ކޮށްފައިވަނީ، 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށެވެ.

ނަމަވެސް މި މައްސަލައިގައި ދަށު ކޯޓުން ހުކުމްކޮށްފައި ވަނީ ގޯސްކޮށް ކަމަށްބުނެ، އެ ހުކުމް ބާތިލްކޮށް އެ ދިނުމަށް އެދި ދޮން ބައްޕަގެ ފަރާތުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްސަލަ ހައިކޯޓުން ބެލުމަށްފަހު އިއްޔެ ހުކުމްކުރީ، އޭނާ ހުށަހަޅާފައިވާ އިސްތިއުނާފީނުކުތާތަކަށް ބަލާއިރު ދަށު ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނާނެ ތަނެއް ނެތް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *