އެމްބިއުލާންސަށް ޖާގަ ނުދިން ޑްރައިވަރަށް ފިޔަވަޅު އަޅައިފި

އެމްބިއުލާންސަށް ޖާގަ ނުދިން ޑްރައިވަރަށް ފިޔަވަޅު އަޅައިފި

މާލޭގައި ކުއްލި ހާލަތުގައި ސައިރަން އަޅަމުން ދިޔަ އެމްބިއުލާންސަކަށް ޖާގަ ނުދީ، ޕިކަޕަކުން މުދާ ބޭލުމުގައި އުޅުނު ޑްރައިވަރަށް ފިޔަވަޅު އަޅައިފިއެވެ.

އެނގިފައިވާ ގޮތުގައި އެކަން ހިނގާފައިވަނީ މާލޭ، އަލިކިލޭގެފާނު މަގުގައި މިއަދު ހެނދުނެވެ.

މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުގައި ކުޑަ ޕިކަޕަކުން މަގުމައްޗަށް މުދާ ބޭލީ، ސައިރަން އަޅުވައިގެން ދިޔަ އެމްބިއުލާންސް ޓްރެފިކްގައި ޖެހިފައި އޮއްވާއެވެ. އެސަރަހައްދުގައި ޓްރެފިކް ބާރުބޮޑުވެފައިވަނީ ވެސް އެ ޕިކަޕުން މުދާ ބޭލި ވަގުތު، އެހެން އުޅަނދަކަށް ދެވޭނެ ޖާގަ ނެތުމުގެ ސަބަބުންނެވެ. އެމްބިއުލާންސް ސައިރަންގައި އައުމާއި ގުޅިގެން އެސަރަހައްދުގައި ތިބި އެހެން ވެހިކަލްތައް ވެސް ވަނީ ބަރުގޮނު އަޅާފައެވެ.

ނަމަވެސް ވީޑިއޯއިން ފެންނަ ގޮތުގައި އެޕިކަޕު އެސަރަހައްދުން ގޮސްފައިވަނީ މުދާ ބޭލުމަށްފަހުއެވެ.

ފުުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ވަގުތު"އަށް ވިދާޅުވީ، އެ ޕިކަޕްގެ ޑްރައިވަރު ހާޒިރުކޮށް ފިޔަވަޅު އަޅާފައިވާ ކަަމަށެވެ. އެގޮތުން އޭނާ 750ރ. އިން ޖުރިމަނާކޮށް، ލައިސަންސް ހިފަަހައްޓާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ފަހަކަށް އައިސް އެމްބިއުލާންސަށް ޖާގަ ނުދިނުމުގެ މައްސަލަ ދިމާވަމުން އަންނަކަން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވެސް ވަނީ ފާހަގަކޮށްފައެވެ.

އެ ހޮސްޕިޓަލުން އެކަން ފާހަގަ ކޮށްފައިވަނީ ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ބަޔަކު ގޮވައިގެން ދިޔަ އެމްބިއުލާންސަކާއި ކާރެއް ޖެހިގެން ހިނގި އެކްސިޑެންޓާއި ގުޅިގެންނެވެ. އެ ހޮސްޕިޓަލުން ބުނި ގޮތުގައި އެ އެކްސިޑެންޓް ހިނގާފައިވަނީ ކާރު، އެމްބިއުލާންސަށް ޖާގަ ނުދިނުމުގެ ސަބަބުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *