ގުރައިދޫ ކައުންސިލް ރައީސްކަން ޕީއެންސީ ކެންޑިޑޭޓަށް ކަށަވަރުވެ، ޖުމްލަ 70 ގޮނޑި ލިބިއްޖެ

ގުރައިދޫ ކައުންސިލް ރައީސްކަން ޕީއެންސީ ކެންޑިޑޭޓަށް ކަށަވަރުވެ، ޖުމްލަ 70 ގޮނޑި ލިބިއްޖެ

އެޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން، ކ. ގުރައިދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ވާދަ ނެތި ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ ކެންޑިޑޭޓަށް ލިބިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ކުރިމަތިލެއްވި ކ. ގުރައިދޫ ކައުންސިލްގެ ހާލިމު ނާއިބު ރައީސް، އިބްރާހިމް ޝަލީޒަށް ގޮނޑި ކަށަވަރު ވީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ޝަރުތު ހަމަވެ ވާދަ ކުރީ ހަމައެކަނި ކެންޑިޑޭޓަކަށް ވެފައިވާތީ ކަމަށް ކޮމިޝަނުން ވިދާޅުވި އެވެ.

ތަފްސީލްތަކަށް ބަލާ ނަމަ، ގޮނޑިއަށް ތިން ކެންޑިޑޭޓަކު ކުުރިމަތިލީ ނަމަވެސް، ދެ ކެންޑިޑޭޓެއްގެ ފޯމު ކޮމިޝަނުން ބަލައިނުގަތެވެ. ކެންޑިޑޭޓެއްގެ ފޯމު ބަލައިނުގަތް ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް، ކޯޓުން ވަނީ ދައުވާ ބަލައިގަތުމަށް ދެކޮޅު ހަދައިފަ އެވެ.

މި ގޮނޑި ކަށަވަރު ވުމާއެކު ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ކުރީން 70 ގޮނޑި ކަށަވަރުވީ އެވެ. ސަރުކާރު ހިންގާ ޕީއެންސީއާ އެންމެ ވާދަވެރި އަދި އިނދިކޮޅު އެންމެ ބޮޑު ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް އިންތިހާބަކާ ނުލައި ލިބުނީ ހަ ގޮނޑި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *