ފަލަކީ ހިސާބުތަކަށް ބަލާއިރު މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ނުވަތަ ބުދަ ދުވަސް ކަމަށެވެ.
މި މުނާސަބަތުގައި ރައީސް މައުމޫން ވަނީ ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެންމެހާ މުސްލިމް އަޚުންނާއި އުޚުތުންނަށް ރަމަޟާން މަހުގެ އިޚްލާޞްތެރި ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.





