ބަނދަރުމަތީ މަގު ހުޅުވާލުމަށް އެންމެފަހުގެ ތައްޔާރީ ވެފައިވަނިކޮށް މީގެ ދެދުވަސް ކުރިން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: މާލެ ޓައިމްސް

ބަނދަރުމަތީ ސަރަހައްދު ތާރު އެޅުމަށްފަހު ދެކޮޅަށްވެސް ދުއްވޭގޮތަށް ހުޅުވާލައިފި

ބަނދަރުމަތީ ސަރަހައްދު ތާރު އެޅުމަށްފަހު ދެކޮޅަށްވެސް ދުއްވޭގޮތަށް ހުޅުވާލައިފި

ބޮޑުތަކުރުފާނު މަގު، އެމްއެމްއާއާއި ހަމައިން ފެށިގެން އެމްޕީއެލް ސަރަހައްދާ ހަމައަށް ބަނދަރު މަތީ ސަރަހައްދު ތާރު އެޅުމަށްފަހު އާންމުންނަށް އަލުން ހުޅުވާލައިފިއެވެ.

ރޭ ފަތިހު 5:00 ން ފެށިގެން ބޭރު މަގު އާންމުންނަށް ހުޅުވާލީ ދެކޮޅަށް ދުއްވޭ މަގެއްގެ ގޮތުގައި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވިއެވެ. މި މަގު އަލުން ހުޅުވާލީ ހަތަރު ލޭނު ހިމެނޭ ގޮތަށެވެ. އަދި ހިނގާ މީހުންނަށް ދުވާރު ބޭނުން ކުރެވޭނެހެން ވަނީ ހަދާފައެވެ.

ބޮޑުތަކުރުފާނު މަގުގައި ކުރިން އަޅާފައިވާ ގާތައް ނަގައި، ޒަމާނީ ފެންވަރަށް މަގު ހަދައި ތާރު އެޅުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން ކާނިވާ ސަރައްދުން ފެށިގެން މަސް މާރުކޭޓު ސަރަހައްދާ ހަމައަށް 830 މީޓަރުގައި ތާރު އަޅައި، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްގެ މަސައްކަތް ކުރިއަށްދާނެ ގެންގޮސްފައެވެ.

މި މަޝްރޫއުގެ ދަށުން މަޝްރޫއު ނިމޭއިރު ފެން ހިންދާ ނިޒާމްވެސް ގާއިމް ކުރެވި ފެންބޮޑުވުމުގެ މައްސަލަ ހައްލުވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *