ކަނޑު މަގުން ރާއްޖެ އެތެރެކުރި 29 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް އަތުލައިފި

ކަނޑު މަގުން ރާއްޖެ އެތެރެކުރި 29 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް އަތުލައިފި

ރާއްޖެއަށް ކަނޑު މަގުން އެތެރެކުރި 29 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ އަތުލައިގަތް މަސްތުވާތަކެތި ފެނިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު މާލޭ ވިޔަފާރި ބަނދަރަށް ގެނައި މުދާ ޝިޕްމަންޓެއް ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށެވެ. އަތުލައިގަތް މަސްތުވާތަކެތީގެ އަގު މަގުމަތީ ރޭޓުން 29 މިލިއަން ރުފިޔާއަށް އަރާނެ ކަމަށްވެސް ބުނެފައިވެއެވެ.

މުދާ ޝިޕްމަންޓުން ފެނުނު މަސްތުވާތަކެތި ނަގައި، އެތަކެތި ޓެސްޓް ކުރިއިރު އެއީ ހަޝިޝް އޮއިލް ކަމަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، އެ ތަކެތީގެ ބަރުދަނުގައި 36.43 ކިލޯ ގްރާމް ހުރި ކަމަށްވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ. މިތަކެތި ހުރީ ރަބަރު ޕެކެޓުތަކުގައި ބަންދު ކޮށްފައެވެ.

ކަސްޓަމްސް އިން ބުނީ އަތުލައިގަތް ހުރިހާ މަސްތުވާތަކެއްޗެއް މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. ފުލުހުން ތަހުގީގު ކުރިއަށް ގެންދިޔަ ނަމަވެސް މި މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *