ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބާއްވަން ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފި

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބާއްވަން ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފި

ރައީސުލްޖުމްހޫރިއްޔާ ހޮވުމަށް ބާއްވާ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބު އެކުގައި ބާއްވަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ދާދިދެންމެއަކު ފާސްކޮށްފިއެވެ.

މި ބިލު މަޖިލީހަށް ހުށަހަޅުއްވި ޕީއެންސީގެ މެޖޯރިޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންގެ މެޖޯރިޓީވެސް ބޭނުންވާ ގޮތް ކަމަށެވެ.

މި ބިލަށް މިއަދު ނެގި ވޯޓުގައި ރިޔާސަތުގައި އިނެންނެވި މަޖިލީހުގެ ރައީސް އަބްދުﷲ އަބްދުއްރަޙީމްގެ ވޯޓާއެކު، ބިލު ފާސްކުރީ 72 މެންބަރުންގެ ވޯޓާއެކުއެވެ. ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ. އެއީ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާން އެވެ.

ބިލުގެ ވޯޓަށް އެހިއިރު އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރު ކޮށްފައެވެ. އެއީ ރިޔާސަތުން ތަކުރާރުކޮށް ނަސޭޙަތް ދެއްވައި ނަން އިއްވުމަށްފަހުއެވެ. އެގޮތުން އެމްޑީޕީގެ ހަ މެމްބަރަކު ވަނީ މަޖިލީހުގެ ތަޅުމުން ނެެރެފައެވެ.

މިއަދު މި ބިލު މަޖިލީހުން ފާސްކުރީ ސަރުކާރުން ފޮނުވި ގޮތަށް އަދި ކޮމިޓީންވެސް ފާސްކުރި ގޮތަށް އެއްވެސް ބަދަލެއް ނިގެނެސް، ބިލު އޮތްގޮތަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *