މިއަދު ހެނދުނު 9 ޖެހިއިރު ފެށި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނަން އިއްވި އެމްޑީީގެ މެމްބަރުން މަޖިލީހުގެ ތަޅުމުން ނެރުމަށްޓަކައި މަޖިލީހުގެ ޖަލްސާ މެދުކަނޑާލުމަށްފަހު އަލުން ޖަލްސާ ދެންމެ ފަށައިފިއެވެ.
މިއަދުގެ ޖަލްސާ ފެށިތާ ފުރަތަމަ 15 މިނިޓުގެ ތެރޭގައި ވަނީ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެފައެވެ. އެއަށްފަހު ޖަލްސާ ކުރިއަށް ދިޔަނަމަވެސް މާގިނައިރުތަކެއްނުވެ ޖަލްސާ ދިޔައީ ހޫނުވަމުންނެވެ. އެމްޑީޕީގެ މެމްބަރުން ދިޔައީ އިހުތިޖާޖު ކުރަމުންނެވެ.
ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނަން އިއްވައި ނިކުންނަން އެންގެވި މެންބަރުންނަކީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރާއި، ހުޅުމާލެ ދެކުނު ދާއިރާގެ މެންަބރު ޑރ. އަހްމަދު ޝަމްހީދާއި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމާއި، ވައިިކަރަދޫދ ާއިރާގެ މެންބަރު ހުސެއިން ޒިޔާދާއި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދުއެވެ
އެމްޑީޕީގެ މެމްބަރުން އިހުތިޖާޖު ކުރަމުންދިޔައީ މިއަދު މަޖިލީހަށް ހުށަހެޅި ޤާނޫނުއަަސާސީއަށް އިސްލާޙު ކުރުމުގެ ބިލާއި ގުޅިގެންނެވެ. އިހުތިޖާޖާއެކު އެމްޑީޕީގެ މެމްބަރުންނަށް ތަކުރާރުކޮށް މަޖިލީހުގެ ރިޔާސަތުން ނަސޭހަތް ދިނުމަށްފަހު، ބަޔެއް މެމްބަރުންގެ ނަން އިއްވައި ބޭރު ކުރިއެވެ.





